ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން ލައިސަންސް ނަގަން އެޗްޕީއޭއިން ހަނދާންކޮށްދީފި
ދަޕްރެސް
2 ޖުލައި 2025 | ބުދަ | 12:08
ދުންފަތުގެ ވިޔަފާރި ކުރާ މީހުން ނަގަންޖެހޭ ހާއްސަ ލައިސަންސް ނެގުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހަދާންކޮށްދީފިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނު އަދި އެ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވާއިދުގައި ބަޔާން ކުރާގޮތުގައި ދުންފަތުގެ ވިޔަފާރި ކުރުމަށް ވަކި ލައިސެންސްއެއް ނަގަން ޖެހެއެވެ.
ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން ވަންގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުސަތު މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ ހުޅުވާލާފައެވެ. 3 މަސް ދުވަހުގެ ތެރޭގައި ހުއްދަ ނެގުމަށް އިއުލާނުކޮށް ދިން މި މުއްދަތު ހަމަވާ ތާރީހަކީ މި މަހުގެ 17 ވާ ބުރާސްފަތި ދުވަހެވެ.