ނަޒޫގެ ބައްޕަ ބަލަހައްޓަން ގެންގުޅުނު ނޭޕާލް ފިރިހެނަކު ފޭރުނު މައްސަލައިގައި ހައްޔަރުކޮށްފި

ދަޕްރެސް

2 ޖުލައި 2025 | ބުދަ | 4:05

ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމްގެ ބައްޕަ ބަލަހައްޓަން ގެންގުޅުން ނޭޕާލް ފިރިހެނަކު ނަޒްރާގެ ފައިސާތަކެއް ފޭރުނު މައްސަލައިގައި ހައްޔަރު ކޮށްފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާ ގޮތުގައި 23 އަހަރުގެ ނޭޕާލް ފިރިހެނަކު ދިވެހި އަންހެނެއްގެ އަތުން 1500 ޑޮލަރު ފޭރުނު މައްސަލައެއްގައި އެމީހާ ހޯދައިއިންޑިއާ ފުލުހުން ހައްޔަރުކޮަށްފައި ވާ ކަމަށެވެ. ދިވެހި އަންހެން މީހާ އިންޑިއާއަށް ގޮސް ހުރީ އޭނާގެ ބައްޕަގެ ބޭސް ފަރުވާއަށް ކަމަށާއި ޕްރައިވެޓް ހޮސްޕިޓަލެއްގައި އެ އަންހެން މީހާގެ ބައްޕައަށް ފަރުވާ ދެމުން ދިޔަ ކަމަށެވެ.

މި ނޭޕާލް ފިރިހެން މީހާއަކީ އެ އަންހެން މީހާގެ ބައްޕަގެ ކަންކަން ބަލަހައްޓަން ގެންގުޅޭ މަސައްކަތު މީހެއް ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.

މައުޟޫޢުތަށް