ޓްރީޓޮޕް އާއި އޭޑީކޭއިން ބޭސްކުރަން މިދިޔަ މަހު އެންސްޕާއިން 7 މިލިއަން ދިން

ދަޕްރެސް

2 ޖުލައި 2025 | ބުދަ | 4:19

ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީގެ ގޮތުގައި ނިމިދިޔަ ޖޫން މަހު 7 މިލިއަން ރުފިޔާގެ އެހީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދީފިއެވެ.

އެންސްޕާ އިން އޭޑީކޭ އަދި ޓްރީޓޮޕް ހޮސްޕިޓަލުގެ މެއި މަހުގެ އެހީގެ ތަފްސީލުގެ ތަފާސްހިސާބުތައް ނެރެފައިވާއިރު، ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި ޖުމުލަ 7،421،851.64ރ ވަނީ ދީފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ޖުމުލަ 190 ކޭހަކަށް ވަނީ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން އެ ކޭސް ތަކަށް ޖުމުލަ 3،228،935.21ރ. ފޯރުކޮށްދީފައިވާކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް