ސިވިލް ސޮސައިޓީ އެވޯޑު 2025 އާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް މިރޭ ބާއްވަނީ
ދަޕްރެސް
3 ޖުލައި 2025 | ބުރާސްފަތި | 10:25
ސިވިލް ސޮސައިޓީ އެވޯޑު 2025 އާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.
ސިވިލް ސޮސައިޓީ އެވޯޑަކީ ރަޖިސްޓަރީ ކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ އަދި ޖަމާއަތްތަކުން ރާއްޖޭގެ މުޖްތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެޖަމްއިއްޔާތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ އެވޯޑެއް ކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ސިވިލް ސޮސައިޓީ އެވީޑާ އާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން މިރޭ 21:00ގައި އޮންލައިންކޮށް ބޭއްވުމަށް ނިންމާފައި ވާއިރު މި ސެޝަންގައި ބައިވެރިވުމަށް އެކަމަށް ހާއްސަކޮށްފައި ވާ ކިއުއާރް ކޯޑު ނުވަތަ ގޫގުލް މީޓްގެ ލިންކް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.