ކޭ-ޕާކް މައްސަލަ: ޝަރީއަތް ނިމެންދެން ބަންދުކުރިތާ 10 ދުވަސް ފަހުން މަންޑޭ ދޫކޮށްލަން އަމުރުކޮށްފި
ދަޕްރެސް
3 ޖުލައި 2025 | ބުރާސްފަތި | 3:05
ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ-ޕާކް ފްލެޓްތަކުގެ މައްސަލާގެ ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުކުރިތާ 10 ދުވަސް ފަހުން މިނިވަން ކުރަން ކްރިމިނަލް ކޯޓުން، މިއަދު އަމުރުކޮށްފިއެވެ.
މަންޑޭ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިދިޔަ ޖޫން މަހުގެ 23، ވަނަ ދުވަހު އަމުރުކޮށްފައިވަނީ ޝަރީއަތަށް އެއްބާރުލުން ނުދޭ މައްސަލައިގައެވެ. އަދި އެ ދުވަހުން ފެށިގެން، އޭނާ ބަންދު ކޮށްފައި ހުރީ ހުޅުމާލޭ ޖަލުގައެވެ. ނަމަވެސް މިއަދު އޮތް ޝަރީއަތުގައި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް އޭނާ ޖަލު ބަންދުން ދޫކޮށްލަން އަމުރު ކޮށްފައެވެ.
ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް ޖުމްލަ 104 ދައުވާއެއް ކުރުމަށް ދައުލަތުން ވަނީ ހުށަހަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ، ޓެކުމުގެ ކުށުގެ 50 ދައުވާ، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 50 ދައުވާގެ އިތުރުން މަނީ ލޯންޑްރިން ކުށުގެ 1 ދައުވާއެވެ.