ޒުވާނުންގެ މުޒާހަރާގައި އިސްކޮށް އުޅުނު މަހުޒޫމް އާއި ޝިމަން އަށް ދައުވާކޮށްފި
ދަޕްރެސް
3 ޖުލައި 2025 | ބުރާސްފަތި | 4:17
ހ. މީޓާޒުގޭ ގުދަނުގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލާ މާލޭގައި ކުރިއަށް ގެންދިޔަ ޒުވާނުންގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހުޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާކޮށްފިއެވެ،
މި މުޒާހާރާގައި ޝިމަން އާއި މަހްޒޫމް ހައްޔަރުކޮށް ތިން ދުވަހަށް ބަންދުކޮށްފައިވާއިރު ފަހުން އެމީހުން ވަނީ ދޫކޮށްލާފައެވެ. އަދި ބަންދުން ދޫކޮށްލުމުންވެސް އެ ދެމީހުން މުޒާހާރާގެ އިސް ސަފުން ފެނިގެން ގޮސްފައިވާއިރު، އެ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީން ވަނީ ކޯޓަށް ހުށަހަޅާފައެވެ.
ޕީޖީން ބުނީ މި މައްސަަލައިގައި މަހްޒޫމްގެ މައްޗަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ށ)ގެ 3 ވަނަ ނަންބަރުގެ ދަށުންނެވެ. އެ މާއްދާގައި އޮންނަނީ އަނިޔާއެއް ކުރުމުގެ ދައުވާއަށްވާއިރު އެ ދައުވާގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހެވެ.