ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު މަހުޒޫމަށާއި ޝިމަނަށް އަދިވެސް އެބައޮތް: ޕީޖީ

ދަޕްރެސް

3 ޖުލައި 2025 | ބުރާސްފަތި | 7:42

މާލޭގެ ގެއަކުން މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހު ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދުމަށް ގޮވާލައި މާލޭގައި ކުރި އިހްތިޖާޖުތަކުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ޑެޕިއުޓީ ޔޫތު މިނިސްޓަރު އަބްދުﷲ މަހުޒޫމް މާޖިދަށާއި އައިޝަތު ޝިމަން އަހްމަދަށް ނަސޭހަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ފުރުސަތު ދިން ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މަހުޒޫމްގެ މައްޗަށް ކުރަނީ ފުލުހެއްގެ މޭ މަތީގައި އަތް އަޅައި ކޮއްޕާލުމުގެ ތުހުމަތުކޮށް، އަނިޔާކުރުމުގެ ކުށުގެ ދައުވާއެވެ. ޝިމަންގެ މައްޗަށް ދައުލަތުން ކުރަނީ އިހްތިޖާޖުގެ ވަގުތު ފުލުހުންގެ ސަފު ރޫޅާލުމަށް ފަހު ގަދަކަމުން ފުލުހުންގެ ތެރެއަށް ވަދެ، ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމުގެ ތުހުމަތުގައި ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

ނަސޭހަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަހުޒޫމަށާއި ޝިމަނަށް ފުރުސަތު ދިން ނަމަވެސް، ނަސޭހަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދެ މީހުން ވެސް ބޭނުންނުވާ ކަމަށް، ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު 'އެކްސް'ގައި ލިޔުއްވާފައިވެއެވެ.

މައުޟޫޢުތަށް