ބައިނަލްއަގުވާމީ މާލީ ނިޒާމުގެ އޮނިގަނޑަށް އަސާސީ އިސްލާހުތައް ގެނައުން މުހިންމު: ނައިބު ރައީސް

ދަޕްރެސް

4 ޖުލައި 2025 | ހުކުރު | 11:09

ބައިނަލްއަގުވާމީ މާލީ ނިޒާމުގެ އޮނިގަނޑަށް އަސާސީ އިސްލާހުތައް ގެނައުން މުހިންމު ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިފަދައިން ވިދާޅުވީ، ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ 4)ގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑާ ރައުންޑްޓޭބަލް 6: "ރިފޯމިން ދަ އިންޓާ/ނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗާ އެންޑް އެޑްރެސިން ސިސްޓެމިކް އިޝޫސް"ގައި ތަގުރީރު ކުރައްވަމުންނެވެ.

ދުނިޔޭގެ މާލީ އޮނިގަނޑު އިސްލާހުކުރުމަށް ވަގުތުން އަޅަންޖެހޭ މުހިންމު 3 ފިޔަވަޅެއް ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް)، ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުގައި ހަމަހަމަކަމާއެކު ތަމްސީލުކުރޭތޯ ޔަގީންކުރުމަށް ގޮވާލައްވާފައެވެ.

މައުޟޫޢުތަށް