އެމެރިކާއިން ހުށަހެޅި 60 ދުވަހުގެ ސުލްހައިގެ ޕްލޭނަށް ހަމާސް އެއްބަސް، އަންނަ ހަފްތާގައި ޑީލް ހެދިދާނެ: ޓްރަމްޕް
ދަޕްރެސް
5 ޖުލައި 2025 | ހޮނިހިރު | 12:02
އިޒްރޭލުން ގާޒާ ފުނޑުފުނޑު ކޮށް ސުންނާފަތި ކުރަމުން ދާން ދޫދެމުން ސުލްހައެއް ވާން އެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް ހަމާސް އިން އިޖާބަ ދީ އާނބަސް ބުނެފިއެވެ.
އެމެރިކާގެ ހުށަހެޅުމަކީ 60 ދުވަހަށް ހަމަލާތައް މެދުކަނޑާލުމާއެކު ހަމާސްގެ އަތް ދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަން ކުރުމެވެ. އެމެރިކާ އާއި އިޒްރޭލުން ގަބޫލު ކުރާ ގޮތުގައި ހަމާސްގެ އަތްދަށުގައި ތިބި ރަހީނުންގެ ތެރެއިން 20 މީހަކު އަދިވެސް ދިރިތިބޭނެއެވެ. ޖުމްލަ 58 މީހަކު ހަމާސްގެ އަތްދަށުގައި ވާ ކަމަށް ބުނަމުން އިޒްރޭލުން ގަބޫލު ކުރަނީ ބާކީ ތިބި މީހުން ވާނީ މަރުވެފައި ކަމަށެވެ.
އިޒްރޭލުން ގާޒާގެ އެތަން މިނަތަށް ހަމަލާ ދެމުން ގެންދައިރު، ކޮންމެ ދުވަހަކީ 100 އަށް ވުރެ ގިނަ މީހުން މަރުވާ ދުވަހެކެވެ. ބައެއް ހަމަލާތައް ހަމާސްގެ މަގާމުތަކަށް އަމާޒު ކުރާ ކަމަށް ބުނާއިރު އަނެއްބައި ހަމަލާތައް އަމާޒު ކުރަނީ ސިއްހީ ހިދުމަތްތެރިންނަށާއި، ހޮސްޕިޓަލްތަކަށާއި ނޫސްވެރިންނަށާއި، އާންމު ރައްޔިތުންނަށެވެ. ހާއްސަކޮށް ކުޑަކުދިންނާއި އަންހެނުން ޝަހީދު ކުރުމަކީ އިޒްރޭލުގެ އަމާޒެކެވެ.