ހަނިމާދޫ އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން އުޅޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި

ދަޕްރެސް

5 ޖުލައި 2025 | ހޮނިހިރު | 12:40

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާލަން އުޅޭ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތުތައް ސަރުކާރުން ދޮގު ކޮށްފިއެވެ.

އިއްޔެ ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އެ އެއާޕޯޓު ތަރައްގީ ކުރަމުންދަނީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށެވެ. އަދި ސަރުކާރުން ވިއްކާލަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި ހަނިމާދޫ އެއާޕޯޓު ވެސް ހިމެނޭ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

އަދި ދާދިފަހުން ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އަދާނީ ގުރޫޕުގެ އިސްވެރިންނާ ބައްދަލު ކުރައްވާ އެ މަޝްވަރާތައް ކުރިއަށް ގެންދެވި ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ.

މައުޟޫޢުތަށް