އުމުރު ހަމަނުވާތީ ނާސަރީއަށް ނުވެއްދި ކުއްޖަކު އެލްކޭޖީއަށް ވައްދަން ހައިކޯޓުގެ ވަގުތީ އަމުރެއް!
ދަޕްރެސް
5 ޖުލައި 2025 | ހޮނިހިރު | 1:54
މި ހިނގާ ދިރާސީ އަހަރު ނާސަރީއަށް ނުވެއްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅި ކުއްޖަކު 15 ދުވަހުގެ ތެރޭގައި އެލްކޭޖީއަށް ބަދަލުކުރުމަށް ހައި ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
މިދިޔަ އަހަރު މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މި އަހަރު އެލްކޭގައި އުޅޭނީ މިދިޔަ އަހަރު ޑިސެމްބަރަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނެވެ. އެއާއެކު އެ ކުއްޖާ ޕްލޭ ސުކޫލުން ނާސަރީއަށް ބަދަލުވުމަށް ކަނޑައަޅާފައިވާ އުމުރު ހަމަނުވާ ކަމަށާއި ޕްލޭ ސުކޫލުގައި ރިޕީޓު ކުރަން ޖެހޭ ކަމަށް ކެންގަރޫ ކިޑްސްއިން އެ ކުއްޖާގެ ބެލެނިވެރިންނަށް ވަނީ އަންގާފައެވެ.
ކުއްޖާގެ މަންމަގެ ފަރާތުން އެ ޝަކުވާ އެޑިއުކޭޝަން އިން ހުށަހެޅުމުން ވަނީ އެ ނިންމުން ބަދަލު ނުކުރެވޭނެ ކަމަށް އަންގާފައެވެ. އެ ނިންމުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާއި ތައުލީމުގެ ގާނޫނާއި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކުއްޖާގެ މަންމަ ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ.