ރާއްޖެއިން ގެންދިޔަ މަސް ބޭނުންކޮށްގެން ޗައިނާގައި މަސްދަޅު ހަދައިފި
ދަޕްރެސް
5 ޖުލައި 2025 | ހޮނިހިރު | 4:46
ރާއްޖެއިން ގެންދިޔަ މަސް ބޭނުންކޮށްގެން، ޗައިނާގެ ވޭހައި ކިއުޒެޑް ބްލޫސީ ފުޑްސް ކޮމްޕެނީ ލިމިޓެޑުން އެ ގައުމުގެ "ޖިންގްވެއިޑާއޯ" ބްރޭންޑް ޓީމާ ގުޅިގެން މަސްދަޅު އުފައްދައިފިއެވެ.
ޗައިނާގެ އުފެއްދި މި މަސްދަޅުގެ ފުރަތަމަ ބެޗުގެ މަސްދަޅުތަކެއް މިހާރު ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ފަޒީލު ނަޖީބަށްވެސް ހަދިޔާކޮށްފައިވާ އިރު ޗައިނާގެ މި އުފެއްދުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މިއަދު އެކްސްގައި ޝިޔާމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ޗައިނާގެ މި އުފެއްދުމަކީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ)ގެ ސަބަބުން ލިބުނު ކުރިއެރުމެއް ކަމަށެވެ. ޗައިނާ އިން ރާއްޖެއިން މަސް ގެންގޮސްގެން މަސްދަޅު އުފައްދާފައިވަނީ އެފްޓީއޭގެ ދަށުން ރާއްޖެ އިން ޗައިނާ އަށް ބޭރުކުރާ މަހުން ޑިއުޓީވެސް ނެގުން ހުއްޓާލާފައި ވަނިކޮށްކަން ޝިޔާމު ވަނީ ފާހަގަކުރައްވާފައެވެ.