39 ބައިވެރިންނާއެކު އަންހެނުންނަށް ހާއްސަކޮށް "ޕްރެކްޓިސް ޕާލިމަންޓް"ގެ 7 ވަނަ ޕްރޮގްރާމް ފަށައިފި

ދަޕްރެސް

6 ޖުލައި 2025 | އާދިއްތަ | 8:24

ސިޔާސީ ދާއިރާއަށް އަންހެނުން ވަނުމަށް ހިތްވަރުދިނުމަށް ރައްޔިތުންގެ މަޖިލީހުން ހިންގާ ކެމްޕެއިނެއް ފަށައިފިއެވެ.

އޮސްޓްރޭލިއާ ސަރުކާރާ ޔޫއެންޑީޕީގެ އެހީގައި ގެންދާ ކެމްޕެއިންގެ ބޭނުމަކީ އަންހެނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުމާއި އެހީތެރިވެ އަދި ކުރިމަގުގައި ސިޔާސީ މަގާމުތަކަށް ކުރިމަތިލުމަށް ބާރުއެޅުންކަމުގައި ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދާ "ޕްރެކްޓިސް ޕާލިމަންޓް ޕްރޮގްރާމް" ގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 39 އަންހެނުން ބައިވެރިވެފައިވާއިރު އޭގައި ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ގުޑް ގަވަނެންސް، ޑިމޮކްރަސީ، ކޮރަޕްޝަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު އަދި ލާމަރުކަޒީ ނިޒާމުގެ އިތުރުން ޖެންޑާ އިޝޫސްތައް ހިމެނެއެވެ.

މައުޟޫޢުތަށް