މަސްތުވާތަކެތީގެ މައްސަލަތަކަކާ ގުޅިގެން މާލެއިން އަދި ކަމަދޫއިން 2 މީހުން ހައްޔަރުކޮށްފި
ދަޕްރެސް
6 ޖުލައި 2025 | އާދިއްތަ | 11:33
މަސްތުވާތަކެތީގެ މައްސަލަތަކަކާ ގުޅިގެން މާލެއިން 2 މީހަކު އަދި ބ. ކަމަދޫއިން 2 މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިއްޔެ މާލެއިން ހައްޔަރުކޮށްފައި ވަނީ ގ. ސެމިޓޯން އިބްރާހީމް ޝަރީފް (41އ) އަދި ހަމަ އެގޭ ހަމްޒާ ޝަރީފް (44އ) އެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނީ 90.54 ގުރާމް ކަމަށެވެ. މި މައްސަލައާ ގުޅިގެން މި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 2 މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.