މަރުވިޔަސް ކާއެތިކޮޅެއް ލިބޭތޯ ދިޔުން ނޫން ގޮތެއް ނެތް: ގާޒާގެ ރައްޔިތުން

ދަޕްރެސް

6 ޖުލައި 2025 | އާދިއްތަ | 12:58

އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ގާޒާ ފުނޑުފުނޑު ކޮށްލުމަށް ހިންގާ ޖަރީމާގައި ބަސް އަހައިގެން ތިއްބަސް މަރު، ގެއިން ނިކުމެގެން ދިޔަޔަސް މަރު އޮތް ހާލަތެއްގައި ބަނޑަށް ޖެހިގެންވެސް ގާޒާގެ ރައްޔިތުން ދަނީ މަރުވަމުންނެވެ.

މަތިން އަޅާ ބޮންތަކާއި މިސައިލް ހަމަލާތަކާއި ޑްރޯނުން ދޭ ހަމަލާތަކުގެ އިތުރުން، އެއްގަމު މަގުން ދޭ ހަމަލާތަކުގެ ޝިކާރައަކަށް ވެ ކޮންމެ ދުވަހަކު 100 އެއްހާ މީހުން މަރުވެއެވެ. ގަސްދުގައި މީހުން މަރާ ހުސްކުރުމަށް ޔަހޫދީން ހިންގާ މި ނުބައި ޖަރީމާއަށް އިތުރު ވެގެން ދާ ކަމަކީ ކާބޯތަކެތި ހޯދަން ދާ މީހުންގެ ގަޔަށް ގަސްދުގައި ބަޑިޖަހާ މެރުމެވެ.

އދ އާއި އެހީގެ ތަކެތި ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ބުނަނީ އިޒްރޭލާއި އެމެރިކާގެ ބެލުމުގެ ދަށުން ޕްރިވެޓް ކޮންޓްރެކްޓަރުން ލައިގެން ހިންގަމުން ގެންދާ، ކާބޯތަކެތި ބަހާ މަރުކަޒަކީ، ސީދާ މީހުންގެ ބޮލަށް، ގަޔަސް ބަޑިޖަހާ މަރަން ތައްޔާރު ކޮށްފައި ވާ ތަނެއް ކަމަށެވެ.

މައުޟޫޢުތަށް