55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ކުރި އެއްބަސްވުން ބާތިލުކޮށްފި

ދަޕްރެސް

6 ޖުލައި 2025 | އާދިއްތަ | 4:59

55 ކައުންސިލް އިމާރާތް އެޅުމަށް މެލޭޝިއާގެ ހެކްސްޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ޝަރީފް ވިދާޅުވީ އެއްބަސްވުން ބާތިލުކުރަން ނިންމީ ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެކުންފުނިން ބަލައިނުގަތުމުން ކަމަށެވެ. އެއާއެކު ޝަރީފް ވިދާޅުވީ މިއެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ހެކްސްޓާ ކުންފުންޏަށް އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމަށެވެ.

55 ކައުންސިލް އިމާރާތް އެޅުމަށް ހެކްސްޓާއާއެކު ސޮއިކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހެވެ. މި އެއްބަސްވުމުގެ އަމަލީ މަސައްކަތްވެސް ފަށާފައެއް ނުވެއެވެ.

މައުޟޫޢުތަށް