ބަންދުކޮށްފައިވާ ޕާނެއްގެ ތެރެއިން ދިރޭ ކުރަތްޕެއް ފެނި އާންމުން ރަތަށް!
ދަޕްރެސް
6 ޖުލައި 2025 | އާދިއްތަ | 5:27
މާލެ ސަރަހައްދުގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ އެލްސިއޯން ބޭކަރީގެ ޕާނަކުން ދިރޭ ކުރަތްޕެއް ފެނިއްޖެއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގިނަ އުސޫލުތަކެއް ވެސް ކަނޑައަޅައިފައި ހުރި ނަމަވެސް އެ އުސޫލުތަކަށް ތަބާވެ، މިންގަނޑުތަކަށް ފައްތައިގެން ހިންގާ ކެފޭ ހޮޓާތަކާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަން ދަނީ މަދުވެ، ހުއްދަ ނުނަގާ ކާބޯތަކެތި ވިއްކާ ތަންތަނާއި ސާފު ތާހިރުކަން ކުޑަ ކެފޭތަކާއި ކާބޯ ތަކެތި ތައްޔާރު ކުރާ ތަންތަން މިހާރު މާލޭގައި އެތައް ގުނައެއް މިވަނީ އިތުރުވެފައެވެ.
އެގޮތުން މިއަދު ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެނިގެން މިދަނީ ހަމަ އެފަދަ ސާފުތާހިރުކަން ކުޑަ އަމަލެއްގެ ސަބަބުން ހިނގާފައިވާ ކަމެކެވެ. މިއަދު މެންދުރުފަހު މީހަކު ފޭސްބުކަށް ދޫކޮށްލާފައިވާ ވީޑިއޯއިން ފެންނަނީ ސީލް ކޮށްފައިވާ ޕާނެއްގައި ބައި އިންޗިއެއް ވަރުގެ ކުރަތްޕެއް ދުވެ ދުވެ އޮތް މަންޒަރެވެ.