ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމްކުރުމަށް ދޫކުރާ ލޯނު ހޯދުމަށް އިތުރު ލުއިތަކެއް ދީފި

ދަޕްރެސް

6 ޖުލައި 2025 | އާދިއްތަ | 6:10

ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ދޫކުރާ ފައިނޭންސް (ލޯނު) ހޯދުމަށް އިތުރު ލުއިތަކެއް ހަމަޖައްސާދީފިއެވެ.

ފިޝަރީޒް މިނިސްޓްރީއާއި، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށްގެންދާ ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް ދަނީ ލޯނު ދޫ ކުރަމުންނެވެ. އަދި މި ލޯނުތައް ދޫ ކުރަމުން ދަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައެވެ.

އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ، އާރްއެސްޑަބްލިއު ފައިނޭންސިންގް ފެސިލިޓީއަށް އެދި ހުށަހެޅުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް މިހާރު ލުއިކޮށްދީފައިވާ ކަމަށެވެ. އެގޮތުން މިގޮތުން ކުރެޑިޓް ހިސްޓްރީ ބަލާމިންގަނޑު 1 އަހަރުގެ މުއްދަތަކުން 3 މަސް ދުވަހަށް ކުޑަ ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

މައުޟޫޢުތަށް