ކުދިންނަށް ބުލީ ކުރަން ހަދާފައިވާ މާލޭގެ 22 ސުކޫލެއްގެ އިންސްޓަގްރާމް ޕޭޖުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް
ދަޕްރެސް
6 ޖުލައި 2025 | އާދިއްތަ | 6:17
ކުދިންނަށް ބުލީ ކުރަން ހަދާފައިވާ މާލޭގެ 22 ސުކޫލެއްގެ އިންސްޓަގްރާމް ކޮންފެޝަން ޕޭޖުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްސިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސައިބާ ބުލީގެ އަމަލުތައް އިތުރުވަމުންދާކަމަށާއި، މިކަން ހުއްޓުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުގެ ފަރާތުން ހާއްސަ ފިޔަވަޅުތަކެއް އަޅަންފަށާފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ ހަފްތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށާއި، މިފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) އާއި ސައިބާ ކްރައިމް ސެންޓަރު ގުޅިގެން ބަލަން ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.