މާފަރުގެ އިހުތިސޯސްއިން 'ފަރުމުލި' އަނެއްކާވެސް ވަކިކޮށް، ރިސޯޓު ތަރައްގީކުރަން ހުޅުވާލައިފި
ދަޕްރެސް
6 ޖުލައި 2025 | އާދިއްތަ | 7:14
މިލަދުންމަޑުލު ދެކުނުބުރީ "ފަރުމުލި" އަކީ އެ އަތޮޅުގެ މާފަރުގެ ބައެއް ނޫންކަމުގައި ކަނޑައެޅުމަށްފަހު އެ ރަށުގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ފެށުނުއިރު އޮތީ މާފަރުގެ އިހްތިސާސްގެ ތެރޭގައި ނަމަވެސް 2020 ވަނަ އަހަރު ފަރުމުލި ހިމެނޭ ގޮތަށް، މާފަރުގެ ފަޅުން 80 ހެކްޓަރުގެ ސަރަހައްދެއް ވަނީ އިހްތިސާސުން ވަކިކޮށްފައެވެ.
އެއާއެކު 2023 ވަނަ އަހަރުގެ އިންތިހާބަށް މާފަރަށް ވަޑައިގެން ރައީސް މުއިއްޒު ވަނީ އެ ރަށުގެ އިހުތިސާސުން ވަކިކުރި ބައި ހޯއްދަވާދެއްވާނޭ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެގޮތުގެ މަތިން ހުސްވި އަހަރުގެ އޭޕްރީލް 15 ވަނަ ދުވަހު ރައީސް ވަނީ ފަރުމުލި އާއި ކަނޑިންމާހުރާ، ނ. މާފަރުގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ.