ޓެލެމެޑެސިންއާއި އެންޑޯމެޓްރިއޯސިސް ހިމެނޭހެން ކުޅުދުއްފުށީ ހޮސްޕިޓަލުގައި އާ ހިދުމަތްތަކެއް އިފްތިތާހްކޮށްފި
ދަޕްރެސް
6 ޖުލައި 2025 | އާދިއްތަ | 9:59
ކުޅުދުއްފުށީ ހޮސްޕިޓަލުގައި ޓެލެމެޑެސިންއާއި އެންޑޯމެޓްރިއޯސިސްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ އިފްތިތާހް ކޮށްދެއްވައިފިއެވެ.
އެކަމަނާ، މި ހިދުމަތްތައް އިފްތިތާހްކޮށްދެއްވާފައި ވަނީ މިއަދު ބޭއްވި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައެވެ.
އެގޮތުން، ޓެލެމެޑެސިންގެ ހިދުމަތާއި އެންޑޯމެޓްރިއޯސިސް ހިދުމަތް މެޑަމް ސާޖިދާ އިފްތިތާހް ކޮށްދެއްވިއިރު ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ހިދުމަތް އިފްތިތާހްކޮށްދެއްވީ ޑައިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސް ޑރ. އަހްމަދު އަޝްރަފެވެ.