ރާއްޖެއާއި އޭޑީއެފްގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެ ފަންޑުގެ އިސްވެރިންނާއެކު މަޝްވަރާކޮށްފި

ދަޕްރެސް

6 ޖުލައި 2025 | އާދިއްތަ | 10:27

ރާއްޖެއާއި އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓު (އޭޑީއެފް)ގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާމެދު މަޝްވަރާތަކެއް ކޮށްފިއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިވަގުތު ރާއްޖެ ވަޑައިގެން އުޅުއްވާ އޭޑީއެފްޑީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް-ސުވައިދީ އާއި މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އަދި މި ބައްދަލު ކުރެއްވުމުގައި ރާއްޖެއާ އެކު އޮންނަ ތަރައްގީގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުންވެސް މުހިންމު މަޝްވަރާތަކެއް ކުރެއްވި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް މަޝްވަރާ ކުރި ކަންކަމުގެ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކޮށްފައި ނުވެއެވެ.

މައުޟޫޢުތަށް