ރާއްޖޭގައި ހުރި ފުރުސަތުތަކަށް ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އެބަހުރި: މިނިސްޓަރު ޒަމީރު
ދަޕްރެސް
7 ޖުލައި 2025 | ހޯމަ | 10:20
ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކަށް ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އެބަހުރިކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް އައި ކުރިއެރުމުގައި ސިންގަޕުރަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތަކަށް ސިންގަޕޫރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަން އެބަހުރިކަމަށާއި، އޭގެ ރަނގަޅު ނަތީޖާ ފެންނާނެކަމަށް އުންމީދުކުރެވޭ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ފޯރަމްގައި، ރާއްޖޭގެ ރައީސް ޑރ.މުއިއްޒު، އިކޮނަމީ ޑައިވާސިފައި ކުރުމަށް ކުރައްވާ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ދީ ވަރަށް ގިނަ އިންވެސްޓަރުންނަށް ރާއްޖެއިން ލިބެން ހުރި ހިދުމަތްތަކާ، ބަދަލުވަމުންދާ ހާލަތާއި އިންވެސްޓަރުންނަށް ފަސޭހަވާނެ ގޮތަށް ކުރެވޭ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވާކަމަށެވެ.