ތިނަދޫގެ މޭޔަރާ، ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

ދަޕްރެސް

7 ޖުލައި 2025 | ހޯމަ | 12:12

ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)އިން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގދ. ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީ އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރިކަން އެލްޖީއޭއިން އަންގާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ދެ ބޭފުޅުން ސަސްޕެންޑުކުރީ ގޮދައުލަތުގެ އިދާރާތަކުންނާ، އާންމުންގެ ފަރާތުން ލިބިފައިވާ 19 މައްސަލައެއް ބެލުމަށް އެލްޖީއޭ އިން ކުރިއަށް ގެންދިޔަ އިންކުއަރީއަކަށްފަހު ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.

އެލްޖީއޭގެ ނިންމުން ބާތިލުކުރުމަށް އެދި ދެ ބޭފުޅުންގެ ފަރާތުން އިއްޔެ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފައިވާކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ. ސައުދުވަނީ، މި ދުވަސްވަރު އެލްޖީއޭއިން އިޖުރާތުތައް ފުރިހަމަނުކޮށް އެ ފިޔަވަޅުތައް އަޅައިފައިވަނީ، އަންނަ އަހަރުގެ ކައުންސިލް އިންތިހާބާ ދިމާކޮށް ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށްކަމަށް ތުހުމަތުކުރައްވާފައެވެ.

މައުޟޫޢުތަށް