ދައުލަތުގެ ދަރަންޏަށް 12 ބިލިއަން އިތުރުވެ މިއަހަރު ތެރޭ 156 ބިލިއަން ރުފިޔާއަށް އަރާނެ: އަމީރު

ދަޕްރެސް

7 ޖުލައި 2025 | ހޯމަ | 1:00

މި ސަރުކާރު ވެރިކަމަށް އައި ފަހުން ދައުލަތުގެ ދަރަނި ދަނީ އިތުރުވަމުން ކަމަށާއި މި އަހަރު ތެރޭ ދައުލަތުގެ ދަރަންޏަށް 12 ބިލިއަން ރުފިޔާ އިތުރުވެ ޖުމްލަ އަދަދު 156 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، މިއަދު އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަުވުމުގައި މި ވަގުތު ރާއްޖޭގެ އިގްތިސޯދު އޮތް ގޮތް ހާމަ ކުރައްވައި ސަރުކާރަށް ފަޑުވިދާޅުވަމުންނެވެ.

އަމީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އިގްތިސޯދީ ގޮތުން ރާއްޖެ ވެއްޓެމުން އަންނަ ކަމަށާއި އެ ކަން ހާމަ ވެދާނެތީ މިދިޔަ އަހަރުތެރޭ މާލީ ހިސާބުތައް އާނމްުކުރުން ހުއްޓާލި ކަމަށާއި އަދި މިއަހަރު ތެރޭ މިހާރު އަންނަނީ މާލީ ހިސާބުތައް އޮޅުވާލަމުން ކަމަށެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ދަރަނި އިތުރުވި ކަމަށް ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިކަމުގައި ދަރަނި އިތުރުވީ ކޮވިޑްގެ ސަބަބުން ކަމަށް އަމީރު ވިދާޅުވިއެވެ.

މައުޟޫޢުތަށް