ތިނަދޫ ޖެޓީގައި ލޯންޗެއް ޖެހި އެކްސިޑެންޓުވެ 4 މީހަކަށް އަނިޔާވެއްޖެ

ދަޕްރެސް

7 ޖުލައި 2025 | ހޯމަ | 4:09

ލޯންޗެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައި ވަނީ ގދ. ތިނަދޫގައި ކަމަށެވެ. މިއަދު މެންދުރު 13:30 އެހާއިރު މި އެކްސިޑެންޓު ހިނގާފައި ވަނީ ތިނަދޫ ސިޓީ ފެރީ ޓާމިނަލު ޖެޓީ އަށް ކައިރި ލޯންޗެއް ކޮންޓްރޯލްނުވެ ގޮސް ޖެޓީގައި ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެ ލޯންޗުގައި 3 އަންހެނަކަށް އެއް އަހަރުގެ ކުޑަ ކުއްޖަކާއި ކެޕްޓަން އަދި ފަޅުވެރިޔާ ހިމެނޭހެން ޖުމްލަ 6 މީހަކު ދަތުރުކުރި އެވެ.

މައުޟޫޢުތަށް