ހަތަރު ފުރޮޅުލީ އުޅަނދު އެތެރެ ކުރުމަށް ބޭނުންވާ ހުއްދަ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ދަޕްރެސް

7 ޖުލައި 2025 | ހޯމަ | 5:11

ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ރާއްޖެއަށް އެތެރެ ކުރުމަށް ބޭނުންވާ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމުގެ ފުރުސަތު ޓްރާންސްޕޯޓް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިސްލާހުކޮށް ވަނީ އާންމުކޮށްފައެވެ. މި ގަވާއިދުގެ ދަށުން ހަތަރު ފުރޮޅުލީ އުޅަނދުތައް އެތެރެ ކުރާ ނަމަ ދަތުރުފަތުރާ ބެހޭ ވުޒާރާގެ ހުއްދަ ނަގަން ޖެހޭ ބަޔަށް އަމަލުކުރަން ފަށާ ގޮތަށް ކަނޑައަޅަފައި އޮތީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ.

މިއަދު ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ދެފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް މި މަހުގެ 13 އިން ފެށިގެން ރާއްޖެ އެތެރެ ކުރެވޭނީ އެއްގަމު އުޅަނދު ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ނެގުމަށްފަހު ކަމަށެވެ. އެހެންކަމުން މިފަދަ އުޅަނދުތައް އެތެރެކުރުމުގެ ހުއްދައަށް އެދި "..." މި ޕޯޓަލް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެއެވެ.

މައުޟޫޢުތަށް