އެމެރިކާއިން މުދާ ގަންނަ މިންވަރު އިތުރު ނުކުރާނަމަ ޓެރިފް ބޮޑު ކުރާނެ ކަމުގެ އިންޒާރު 14 ގައުމަކަށް ދީފި

ދަޕްރެސް

8 ޖުލައި 2025 | އަންގާރަ | 8:47

އެމެރިކާގެ ރައީސްގެ އިގްތިސޯދީ އާ ސިޔާސަތުގެ ދަށުން، ވިޔަފާރި މުދަލަށް ޑިއުޓީ ބޮޑުކުރުމުގެ ލިސްޓަށް އިތުރު 14 ގައުމު ވައްދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފިއެވެ.

އެމެރިކާ އާ އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަޕާނާއި ދެކުނު ކޮރެއާވެސް ހިމެނޭހެން 14 ގައުމެއްގެ ލިސްޓް ޓްރަމްޕް ވަނީ އާންމު ކުރައްވާފައެވެ. އޭގެ ތެރޭގައި މެލޭޝިއާވެސް ހިމެނެއެވެ.

ޓްރަމްޕް ވިދާޅުވަނީ، އެމެރިކާގައި އުފައްދާ މުދާ އެގައުމުތަކަށް ގެންދާ މިންވަރު ނުވަތަ އިމްޕޯޓް ކުރާ މިންވަރު އިތުރު ނުކުރާނަމަ ނުވަތަ އެމެރިކާގައި ފެކްޓަރީ ހަދާ، މުދާ އުފައްދަމުން ނުގެންދާނަމަ އޮތް ހަމަ އެކަނި ގޮތަކީ ބޮޑު ޓެރިފާ ކުރިމަތިލުން ކަމަށެވެ.

މައުޟޫޢުތަށް