މާފަރު އެއާޕޯޓުގެ މަޝްރޫއު ނިންމައި، ވައިޑް ބޮޑީ މަތިންދާބޯޓު ޖައްސަން ފަށައިފި

ދަޕްރެސް

8 ޖުލައި 2025 | އަންގާރަ | 1:31

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުގެ މަސައްކަތް ނިންމައި، އެ އެއާޕޯޓަށް ވައިޑް ބޮޑީ މަތިންދާބޯޓު ޖައްސަން ފަށައިފިއެވެ.

ވައިޑް ބޮޑީ ބަތިންދާބޯޓު ޖެއްސޭ ވަރަށް މާފަރު އެއާޕޯޓް ތަރައްގީކޮށް، ވައިޑް ބޮޑީ މަތިންދާބޯޓު ޖައްސަން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މޯލްޑިވިއަންގެ އޭ330 މިއަދު އެ އެއާޕޯޓަށް ޖައްސާފައިވެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންއެވެ. އެގޮތުން ފުރަތަމަ ފިޔަވައްސަށް އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ވަނީ 49 މިލިއަން ޑޮލަރު ހަރަދުކޮށްފައެވެ.

މައުޟޫޢުތަށް