އިންޑިއާއިން ދިވެހިންނަށް ލިބޭ ސިއްހީ ފަރުވާ އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދަޕްރެސް

8 ޖުލައި 2025 | އަންގާރަ | 8:04

އަވަށްޓެރި އިންޑިއާއިން ދިވެހިންނަށް ލިބެމުންދާ ސިއްހީ ފަރުވާ އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަރު މަރިޔަމް އަޒީމާ، މިއަދު ވަނީ ތިރުވަނަންތަޕޫރަމް (ޓީއާރްވީ) ގައި ހުންނަ ހޮސްޕިޓަލްތަކަށް ޒިޔާރަތް ކުރައްވާފައެވެ.

މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ ދިވެހިންނަށް ލިބެމުންދާ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ދެ ގައުމުގެ ސިއްހީ ދާއިރާގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މި ބައްދަލުވުމުގައި ދިވެހިންނަށް ލިބޭ ސިއްހީ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމުގެ އިތުރުން ސިއްހީ ދާއިރާގެ އެކި ކަންކަމުގައި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

މައުޟޫޢުތަށް