ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު 87 ޑޮލަރަށް އުފުލިއްޖެ

ދަޕްރެސް

9 ޖުލައި 2025 | ބުދަ | 12:32

ރާއްޖޭގެ އިގްތިސޯދު މަޑުމަޑުން ހަމައަކަށް އެޅި އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑުވަމުން އަންނާތީ ރާއްޖޭގެ ސުކޫކުގެ އަގު މި މަހު 87.44 ޑޮލަރަށް އުފުލިއްޖެއެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރީ 64.72 ޑޮލަރުގައެވެ. ނަމަވެސް މި މަހުގެ 8 ވަނަ ދުވަހު ރާއްޖޭގެ ސުކޫކުގެ އަގު ވަނީ 87.44 ޑޮލަަރަށް އުފުލިފައިވާ ކަަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ކުރީގެ ސަރުކާރުން 500 މިލިޔަން ޑޮލަރު (7.7 ބިލިޔަން ރުފިޔާ) ގެ ސުކޫކެއް ވިއްކާފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. މި ސުކޫކުގެ ކޫޕަން ނުވަތަ އިންޓަރެސްޓުގެ ގޮތުގައި އަހަރަކު ދެ ޕޭމަންޓަކަށް ބަހާލައިގެން ފަހަރަކު 25 މިލިޔަން ޑޮލަރުގެ މަގުން ޖުމްލަ 50 މިލިޔަން ޑޮލަރު ދައްކަންޖެހެއެވެ.

މައުޟޫޢުތަށް