އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަ ކަމެއް: ފަތުވާ މަޖިލިސް

ދަޕްރެސް

9 ޖުލައި 2025 | ބުދަ | 1:33

އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.

އިސްތަށިގަނޑުގައި ކަޅު ކުލަ ޖެއްސުމުގެ ހުކުމް ބަޔާންކޮށް ނެރުނު ފަތުވާގައި އެ މަޖިލީހުން ވަނީ މި މައްސަލައިގައި އިލްމުވެރިންގެ މައިގަނޑު 2 ރައުޔެއް އޮތްކަން ފާހަގަކޮށްފައެވެ.

އެއީ ހަރާމްކަމަަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔާއި ހުއްދަކަމަށް ވިދާޅުވާ އިލްމުވެރިންގެ ރައުޔެވެ. ފަތުވާ މަޖިލީހުން ބުނީ މި 2 ރައުޔުވެސް ބިނާވެފައި ވަނީ ދަލީލުތަކުގެ މައްޗަށް ކަމަށެވެ.

މައުޟޫޢުތަށް