މައިޒާންތަކާއި ކުޅިވަރުކުޅޭ ތަންތަން ހެދުމަށް ގަބުރުސްތާނުތައް ނެގުން ހުއްދައެއް ނޫން: ފަތުވާ މަޖިލިސް
ދަޕްރެސް
10 ޖުލައި 2025 | ބުރާސްފަތި | 10:42
މައިޒާންތަކާއި ކުޅިވަރުކުޅޭ ތަންތަން ހެދުމަށް ގަބުރުސްތާނުތައް ނެގުން ހުއްދަ ނުވާނެ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.
މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމް ބަޔާންކޮށް ނެރުނު ފަތުވާގައި ފަތުވާ މަޖިލީހުން ވަނީ މާތް ﷲ އިންސާނުން މާތް ކުރައްވާފައިވާކަން ފާހަގަކޮށްފައެވެ. އެއީ ދިރިހުރިހާ ހިނދަކު އަދި މަރުވުމަށްފަހު ވެސްކަން ހަދީޘްތަކުން އެނގޭކަން އެ މަޖިލީހުން ވަނީ ފާހަގަކޮށްފައެވެ.
މިކަމުގެ ހެއްކެއްގެ ގޮތުގައި މައްޔިތެއްގެ ކަށި ބިންދުމަކީ އެމީހާ ދިރިހިުރިއިރު އޭނާގެ ކަށިބިންދުން ފަދަ ކަމެއްގެ ގޮތުގައި ރާސޫލާ ހަދީޘްކުރައްވާފައިވުން ފަތުވާ މަޖިލީހުން ފާހަގަކުރެއެވެ.