ޗެއާމަނުން އައްޔަންކުރުމުގައި މާސްޓާސްއަށާއި ތަޖުރިބާއަށް އިސްކަންދޭން ނިންމައިފި

ދަޕްރެސް

10 ޖުލައި 2025 | ބުރާސްފަތި | 3:49

ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުންނަށް އައްޔަންކުރުމާއި ވަކިކުރުމުގައި ބަލާނެ އާ މިންގަނޑެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ) އިން ކަނޑައަޅައިފިއެވެ.

ޕީސީބީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ މިންގަނޑެއް ކަނޑައެޅުމަށް ނިންމީ ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަންކުރެވޭ ފަރާތްތަކަކީ އެންމެ އެކަށީގެންވާ ފަރާތްތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.

އެގޮތުން ޕީސީބީ އިން ބުނީ މީހުން އައްޔަންކުރުމުގައި މިހާރު އަމަލުކުރަމުން އައިސްފައިވަނީ ގާބިލިއްޔަތާއި ތަޖުރިބާގެ އިތުރުން ޕީސީބީގެ ބޯޑުން ކުރިއަށްގެންދާ އިންޓަވިއު އިން މަދުވެގެން 60 އިންސައްތަ މާކްސް ލިބޭ މީހުންނަށް އިސްކަން ދީގެން ކަމަށެވެ. ނަަމަވެސް އާ ސާކިއުލާގައި ވާގޮތުން ބޮޑަށް އިސްކަންދޭން ނިންމާފައިވަނީ މާސްޓާސް ފުރިހަމަ ކޮށްފައި ތިބި މީހުންނަށެވެ.

މައުޟޫޢުތަށް