ޔޫކޭ އަދި ޔޫރަޕްގެ ގައުމުތަކުގައި މިފްކޯ ބްލެކް ލިސްޓުކުރި ވާހަކަ ސަރުކާރުން ދޮގުކޮށްފި

ދަޕްރެސް

10 ޖުލައި 2025 | ބުރާސްފަތި | 8:51

ޔޫކޭ އަދި ޔޫރަޕްގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، (މިފްކޯ)ގެ އުފެއްދުންތައް ބްލެކް ލިސްޓު ކުރި ވާހަކަ ސަރުކާރުން ދޮގު ކޮށްފިއެވެ.

ޗެނަލް 13 އިން ގެނެސްދިން ހަބަރެއްގައި ބުނެފައި ވަނީ މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫރަަޕުންނާ ޔޫކޭއިން މިފްކޯ ބްލެކްލިސްޓުކޮށް ބޭންކޮށްފަައިވަނީ އޮޑިޓަކުން ފެއިލްވެެގެން ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހަބަރުގައި ހިމަނާފައި ނުވެއެވެ.

އެ ހަބަރާއި ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް، އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.

މައުޟޫޢުތަށް