ޓިނު ބަދަލުކުރި ފަހުންވެސް އިސްލާމީ މަރުކަޒުން ފެން ފައިބާތީ މައްސަލަ ހައްލު ކުރަނީ

ދަޕްރެސް

11 ޖުލައި 2025 | ހުކުރު | 10:42

މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމު (އިސްލާމީ މަރުކަޒަށް) ވާރޭވެހޭތީ އެ މައްސަލަ ހައްލު ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މީގެ 40 އަހަރު ކުރީން ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ބިނާކޮށްފައިވާ އިސްލާމީ މަރުކަޒުގެ މިސްކިތް ތެރެއަށް ވާރޭ ވެހުމަކީ މީގެ އެތައް އަހަރެއް ކުރިން ދިމާވެފައިވާ މައްސަލައެކެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ނުލިބި ދިގުލައިގެންގޮސްފައިވާއިރު މިއަދުގެ ވެސް ހާލަތަކީ މިއީއެވެ.

މެންދުރުފަހުން ފެށިގެން މާލެއަށް ވިއްސާރަ ކުރަމުންދާއިރު މިއަދުވެސް އިސްލާމީ މަރުކަޒުގެ މިސްކިތް ތެރެއިން ފެނިގެންދިޔައީ ހަމަ މީގެ ކުރިންވެސް ފެނިފައިވާ މަންޒަރެވެ. އެގޮތުން މިސްކިތުގެ ޖުމްހޫރީ މައިދާނާއިވީ ފަޅީގެ އެކި ސަރަހައްދުގައި ބާލިދީތައް އަތުރާފައިވާއިރު ގިނަ ބަޔަކު ދަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މައުޟޫޢުތަށް