ޑިންގީއެއްގައި ގައްދޫއިން ގަމަށް ދަތުރުކުރި 75 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަނީ

ދަޕްރެސް

10 ޖުލައި 2025 | ބުރާސްފަތި | 9:40

ޑިންގީއެއްގައި ގދ. ގައްދޫއިން ގދ. ގަމަށް ދަތުރުކުރި 75 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ މީހާ ގައްދޫއިން ފުރާފައިވަނީ މިއަދު ހެނދުނު 9:30 އެހާކަންހާއިރު ކަމަށާއި، އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 17:05 އެހާކަންހާއިރު ކަމަށެވެ.

ފުލުހުން ބުނީ ފުލުހުން މިހާތަނަށް ބެލި ބެލުމުން ހެނދުނު 11:15 އެހާކަންހާއިރު އެ މީހާ ގަމުން ފުރާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މައުޟޫޢުތަށް