މޫސުން ގޯސްވެ، ކުޅުދުއްފުށީ ބޮޑު ޖަލްސާއަށް އިދިކޮޅުން މިރޭ ފުރަން ނިންމި ދަތުރު ފަސްކޮށްފި
ދަޕްރެސް
10 ޖުލައި 2025 | ބުރާސްފަތި | 10:29
އެމްޑީޕީން މާދަމާރޭ ކުޅުދުއްފުށީގައި ބާއްވާ ބޮޑު ޖަލްސާއަށް ޕާޓީގެ މެންބަރުން މިރޭ މާލެއިން ފުރަން ނިންމި ދަތުރު ފަސްކޮށްފިއެވެ.
އެ ޕާޓީއަށް 20 އަހަރު ފުރުމާ ގުޅިގެން ކުޅުދުއްފުށީގައި ބާއްވާ ބޮޑު ޖަލްސާއަށް ދިއުމަށް ކުޅުދުއްފުށީ ބޯޓެއް ކަމަށްވާ "ބާދުސާހް ބޯޓް" ފުރަން ހަމަޖެއްސީ މިރޭ 9:00 ގައި އެމްއެމްއޭ ކުރިމަތިންނެވެ.
މި ދަތުރަށް ތައްޔާރުވުމުގެ ގޮތުން މިއަދު މެންދުރުފަހު ވަނީ ފޯރިއާއެކު ބޯޓުގައި އެ ޕާޓީގެ ދިދަ ފަތިތައް ދަމާ ދަތުރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.