ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލުނު ގައްދޫ ޒަކަރިއްޔާ އަދިވެސް ނުފެނޭ

ދަޕްރެސް

11 ޖުލައި 2025 | ހުކުރު | 10:45

ގދ. ގައްދޫއިން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އެ މީހާ ގައްދޫއިން ފުރާފައިވަނީ އިއްޔެ ހެނދުނު 9:30 އެހާކަންހާއިރު ކަމަށާއި، އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ހަވީރު 17:05 އެހާކަންހާއިރު ކަމަށެވެ.

އަދި މިހާތަނަށް ބެލި ބެލުމުން އިއްޔެ ހެނދުނު 11:15 އެހާކަންހާއިރު އެ މީހާ ގަމުން ފުރާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ރޭ ވަނީ މައުލޫމާތި ދީފައެވެ. އެމްއެންޑީއެފް އިން ބުނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

މައުޟޫޢުތަށް