ގުދަނުގައި ރޯވި އަލިފާން ނިއްވަން އުޅުނު 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެނީ
ދަޕްރެސް
11 ޖުލައި 2025 | ހުކުރު | 12:15
އެންސިސް ގުދަނުގައި ރޯވި އަލިފާންގަޑު ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި 3 ފުލުހަކަށް ދުމުގެ އަސަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެ އިރާކޮޅު ހުޅުމާލޭ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގެ 4 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއެކު ފުލުހުންނާއި ސިފައިންގެ އިތުރުުން، މޯލްޑިވްސް އެއާޕޯޓް ފަޔާ އެންޑް ރެސްކިޔުގެ ފަޔާ ފައިޓަރުން ވަނީ ހަރަކާތްތެރިވެފައެވެ.
އިއްޔެ 18:48 ހާއިރު މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު، އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ނަމަވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވަނީ 6 ވަރަކަށް ގަޑީރު ފަހުންނެވެ.