ޑރ. އިބްރާހިމް މުސްތަފާ އަވަހާރަވުމުގެ ހިތާމައިގައި ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ދަޕްރެސް

11 ޖުލައި 2025 | ހުކުރު | 4:51

ރާއްޖޭގެ ސިއްހީ ދާއިރާއަށް ހާއްސަކޮށް ތެލެސީމިއާ ބައްޔާމެދު ހޭލުންތެރިކުރުމަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ޑރ. އިބްރާހިމް މުސްތަފާ އަވަހާރަވުމާ ގުޅިގެން އިބްރާހިމްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޑރ. އިބްރާހިމް މުސްތަފާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން ރޭގެ ވަގުތެއްގއި އިންޑިއާގެ ކޮޗިންގައެވެ.

ޑރ. އިބްރާހިމް މުސްތަފާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުން ޑރ. މުއިއްޒު ވިދާޅުވީ، ޑރ. އިބްރާހިމް އަކީ ތައުލީމީ ގޮތުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު 2012 ވަނަ އަހަރު ހާސިލުކުރައްވާފައިވާ، އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށާއި ދިރާސާތައް ކުރެއްވުމުގައި، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގައި ވެސް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. ޑރ އިބްރާހީމް މުސްތަފާ އަވަހާރަވުމުގެ ހިތާމައިގައި، މަރުހޫމްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، ޑރ. އިބްރާހިމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް، މާތްﷲ މިންވަރު ކުރައްވުމަށް އެދި ދަންނަވާ ކަމަށް ރައިސް ވިދާޅުވިއެވެ.

މައުޟޫޢުތަށް