އެމްޑީޕީން ކުޅުދުއްފުށީގައި ބާއްވަން އުޅޭ ޖަލްސާ މޫސުން ގޯސްވުމުން ކެންސަލްކޮށްފި
ދަޕްރެސް
11 ޖުލައި 2025 | ހުކުރު | 6:51
ކުޅުދުއްފުށީގައި ބޭއްވުމަށް ތައްޔާރުވަމުން ދިޔަ އެމްޑީޕީގެ ޖަލްސާ މޫސުން ތަން ނުދިނުމުގެ ސަބަބުން ކެންސަލް ކޮށްފިއެވެ.
އެޖަލްސާ އެންމެ ފުރަތަމަ ބާއްވަން ހަމަޖައްސާފައި ވަނީ މިރޭއެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ޖަލްސާ ވަނީ މާދަމާ ރޭ ބާއްވަން ނިންމާފައެވެ.
މި ޖަލްސާ އާ ގުޅިގެން މިއަދު އެމްޑީޕީން ބުނީ، މޫސުން ތަންނުދޭތީ މި ހަފްތާގައި ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެޖަލްސާ ބާއްވާނެ ތާރީހަކާއި ދަތުރު ކުރާނެ ދުވަސް ފަހުން ހާމަކުރާނެ ކަމަށް އެމްޑީޕީން ބުނެއެވެ.