ފީނަން އުޅުނު އެމެރިކާގެ ފަތުރުވެރިއަކު ނިޔާވިކަން ފުލުހުން ހާމަކޮށްފި
ދަޕްރެސް
12 ޖުލައި 2025 | ހޮނިހިރު | 1:16
ފީނަން އުޅުނު އެމެރިކާގެ ފަތުރުވެރިއަކު ނިޔާވިކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރު ފަރާތު ބޭރަށް ފީނަން އެރި އުޅުނު ފަތުރުވެރިއެއް ނިޔާވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހު 12:28 އެހާކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ ނިޔާވެފައިވަނީ އެމެރިކާއަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.