ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މިދިޔަ ހަފްތާގައި މަސްވެރިންނަށް 24 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

ދަޕްރެސް

13 ޖުލައި 2025 | އާދިއްތަ | 10:32

މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް މުޅި ޖުމްލަ 24،030،291 ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، (މިފްކޯ)އިން ބުނެފިއެވެ.

މިފްކޯގެ، މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވާފައިވާ ދޯނިތަކުގެ އިތުރުވެ، މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މިފްކޯ އިން 379 އަށްވުރެ ގިނަ ދޯނިން މަސް ކިރުވާފައިވާއިރު އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވާފައިވަނީ 243 ދޯންޏަކުންނެވެ.

މިދިޔަ ހަފްތާގައި ކިރުވި މަހަށް މުޅި ޖުމްލަ 24،030،291 ރުފިޔާ ދޫކޮށްފައިވާއިރު މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި 11،300،377 ރުފިޔާއާއި އަޅާބަލާއިރު 112.6 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ ހަފްތާގައި ހޯމަ ދުވަހު އެކަނިވެސް މިފްކޯއަށް 75 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދުވަހު މަސްވެރިނަށް މުޅި ޖުމްލަ 5,156,362 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މައުޟޫޢުތަށް