މިއަހަރު ނިމުމުގެ ކުރިން ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީ ގާއިމްކުރަނީ

ދަޕްރެސް

13 ޖުލައި 2025 | އާދިއްތަ | 11:32

މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ އިސްލާމީ މަރުކަޒެއްގައި ލައިބްރަރީ ގާއިމްކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސަލްމާން މިސްކިތުގައި އިސްލާމީ ކުތުބުހާނާ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ރ. އުނގުރާފާއި ހއ. ދިއްދޫ އަަދި ގދ. ތިނަދޫ އިސްލާމިކް ސެންޓަރުތަކުގައި އިސްލާމީ ލައިބްރަރީ ގާއިމު ކުރެވިގެންދާނެ ކަަމަށެވެ.

އަދި ހަމަ އެހެންމެ މާލެ އިސްލާމިކް ލައިބްރަރީގައި ކިޑްސް ކޯނާއަކާއި އިސްލާމިކް ބޭންކިންގްއާއި އިސްލާމިކް ފައިނޭންސް ހާއްސަ ކޯނަރެއް ގާއިމު ކުރެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް