ހައްޖަށް ދާން ދައްކާ ފައިސާއިން ޒަކާތް ނެރެން ޖެހޭނީ ހައްޖު ކޯޕަރޭޝަނުން: ފަތުވާ މަޖިލިސް
ދަޕްރެސް
13 ޖުލައި 2025 | އާދިއްތަ | 11:30
މަތިވެރި ހައްޖުގެ އަޅުކަަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ނެރެން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު އެ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައި ވަނީ ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ބެހޭ ގޮތުން އެ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެއާއެކު އެ މަޖިލީހަށް ހުށަހެޅި މައުލޫމާތުގެ މައްޗަށް ދިރާސާ ކުރުމަށްފަހު، ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ހައްޖު ކޯޕަރޭޝަނުން ކަމަށް ބުނެފައި ވެއެވެ. "މަޖިލީހުގެ މެންބަރުން، އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައި ވަނީ އާންމު ރައްޔިތުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް،" ފަތުވާ މަޖިލިސް