ޗައިނާ ފްލެޓެއްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބޮޑެތި ގެއްލުންވެއްޖެ

ދަޕްރެސް

13 ޖުލައި 2025 | އާދިއްތަ | 11:31

ހުޅުމާލޭގެ ފްލެޓެއްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ޗައިނާ ޓައުން ޕާކުގައި ހުންނަ 94 ވަނަ ފްލެޓްގެ 3 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމެންޓެއްގައެވެ.

އެމްއެންޑީއެފްއިން ބުނީ، އެ އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގެން ސިފައިން ހަރަކާތްތެރިވެ މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ހާމަކޮށްފައި ނުވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވެއެވެ.

މައުޟޫޢުތަށް