ބަތަލާ ހުމައިރާގެ ހިތްދަތި މަރު: ލިބުނީ މަޝްހޫރުކަން، މަރުވެ ކުނިވިއިރުވެސް އޭނާ ގެއްލިގެން އެއްވެސް މީހަކު ނޫޅޭ!

ދަޕްރެސް

13 ޖުލައި 2025 | އާދިއްތަ | 11:38

ހުމައިރާ އަސްއަރު އަލީ އަކީ ކާކު؟

ހުމައިރާ އަސްއަރު އަލީ އުފަންވީ 1992 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ޕާކިސްތާނުގެ ލާހޯރު އަށެވެ. އޭނާގެ ބައްޕައަކީ ޕާކިސްތާނުގެ އަސްކަރީ ޑޮކްޓަރެކެވެ. ކުރެހުމާއި ސްކަލްޕްޗާ ދާއިރާއިން ހުމައިރާ ވަނީ ޕަންޖާބުގައި ހުންނަ، ނޭޝަނަލް ކޮލެޖް އޮފް އާޓްސް އެންޑް ޑިޒައިން އިން މަތީ ތައުލީމު ހާސިލުކޮށްފައެއެވެ. ހުމައިރާ އެކްޓިންގެ ދާއިރާއަށް ލޯ ހުޅުވިގެން ދިޔައީ ކޮލެޖުގެ އުޅުނު ދުވަސްވަރު ރާފީ ޕީއާރް ތިއޭޓަރު ތެރެއިންނެވެ. އޭގެ ފަހުން މޮޑެލް ކުރުމުގެ އިތުރުން ޑްރާމާތަކާއި ފިލްމުތަކުންވެސް އޭނާއަށް ފުރުސަތު ލިބިގެން ދިޔައެވެ.

ގިނަ ޓީވީ ޑްރާމާތަކުގައި މަސައްކަތްކުރި ހުމައިރާ ވަނީ 2022 ވަނަ އަހަރު އާރީ ޑިޖިޓަލްގެ ރިއަލިޓީ ޝޯ ތަމާޝާ ގަރް (ސީޒަން ވަން) ގައި ބައިވެރިވެފައެވެ. މީއީ އޭނާއަށް ސޯޝަލް މީޑިއާގައި ގިނަ ފޮލޯވަރުން ލިބި ބޮޑު މަޝްހޫރުކަމެއް ލިބިގެން ދިޔަ ޝޯއެކެވެ. މީގެ އިތުރުން ހުމައިރާ ފެނިގެން ދިޔަ ޑްރާމާތަކުގެ ތެރޭގައި ޖަސްޓް މެރިޑް، ލަވް ވެކްސިން، ޗަލް ޑިލް މެރޭ، ސިރަތު-އީ-މުސްތާކިމް (ލާލީ)، އެހްސާން ފަރަމޯޝް، އަދި ގުރޫ އަކީ ފާހަގަކޮށްލެވޭ ޑްރާމާތަކެވެ. މީގެ އިތުރުން ހުމައިރާ ވަނީ އެކި ފިލްމުތަކުގައި ވެސް މަސައްކަތްކޮށް، މަޝްހޫރު ބްރޭންޑްތަކާއެކު، އަދި ފެޝަން މެގަޒިންތަކުންވެސް ފެނިގެން ގޮސްފައެވެ.

މައުޟޫޢުތަށް