ގައްދޫއިން ގެއްލުނު ޒަކަރިއްޔާ ފެނުނީ ގަމުގެ ގޮނޑުދޮށަށް ލައްގާފައި އޮއްވާ

ދަޕްރެސް

13 ޖުލައި 2025 | އާދިއްތަ | 12:59

ގދ. ގައްދޫ އިން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލިފައިވާ އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ޒަކަރިއްޔާ ގައްދޫ އިން ފުރާފައި ވަނީ ޖޫން 10 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި އެ ރަށު ކައިރީގައި އޮންނަ ގަމަށް ދިއުމަށެވެ.

އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެދުހުގެ ހަވީރު 17:05 ހާއިރެވެ. އެ ވަގުތުން ފެށިގެން ފުލުހުންނާއި ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ދިޔައީ ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މައުޟޫޢުތަށް