ސްކޭމްގެ 12 މައްސަލައެއްގައި ހިމެނޭ މީހަކު އާންމުގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފި

ދަޕްރެސް

13 ޖުލައި 2025 | އާދިއްތަ | 4:16

ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މއ. ރަބީއު، އުމުރުން 30 އަހަރުގެ ސާއިފް އަހްމަދު ދީދީއެވެ.

ފުލުހުން ބުނީ ސާއިފް ހައްޔަރުކޮށްފައިވަނީ ތަފާތު އެކި ދުވަސް މަތިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އަތުން މަކަރާއި ހީލަތުން 30،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މައުޟޫޢުތަށް